އައްޑޫ ސިޓީން ބަލިން ރަނގަޅުވީ މީހުންގެ ޢަދަދު 58 އަށް އަރައިފި ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ، މިއަދު އެ ސިޓީން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި، ނަމަވެސް ބަލި ޖެހުނު މީހުންގެ ތެރެއިން 58 މީހުން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އައްޑޫ ސިޓީން ޖުމްލަ 91 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެގޮތުން ހިތަދޫން 22 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ފޭދޫން 17 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫ ފޭދޫން 04 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން މީދޫން 13 މީހުން ޕޮޒިޓިވްވެފައިވާއިރު، ހުޅުދޫމީދޫން 35 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އައްޑޫން ޖުމްލަ 3629 ސާމްޕަލް ނަގާފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު ނަގާފައިވަނީ 355 ސާމްޕަލެވެ.
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫގައި ދެން އޮތީ ހުޅުދޫ މީދޫ އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި ބިދޭސީންގެ ކްލަސްޓަރ އެވެ.
އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 472 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އަދި އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ހަތަރު މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 206 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ފިޔަވައި އެހެން އަވަށްތަކަށް އެޗް.ޕީ.އޭ އިން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް އަދިވެސް އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Case Update (Addu City) as of 02 March 2021, 1800hrs pic.twitter.com/XOE2DTUCpp
— Addu Emergency Operations Center (@EOCaddu) March 2, 2021
އައްޑޫގައި ކޯވިޑްގެ ދެ ކްލަސްޓަރ އެއް އޮތް އިރު އޭވިއޭޝަން ކްލަސްޓަރ އިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއަށް ދިޔަ މޯލްޑިވިއަންގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެކަމާ ގުޅިގެން އެ ޓްރެއިނިންގ ގައި ބައިވެރިވި 46 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އައްޑޫގައި ދެން އޮތީ ހުޅުދޫ މީދޫ އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި ބިދޭސީންގެ ކްލަސްޓަރ އެވެ.
އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 472 އަށް އަރާފައިވާ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އަދި އައްޑޫގައި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ހަތަރު މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 206 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ މީދޫ ފިޔަވައި އެހެން އަވަށްތަކަށް އެޗް.ޕީ.އޭ އިން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް އުވާލާފައިވީ ނަމަވެސް އަދިވެސް އައްޑޫ ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި ވަރަށްބޮޑަށް ގޯސްވެފައިވާއިރު ރާއްޖޭގެ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރުކޮށް އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަސް ދުވަހަށް ވަނީ ދަންމާލާފައެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވަނީ ކޯވިޑް ގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާތީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު