ހއ. ބާރަށް
ހއ. ބާރަށް
ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 13 އަށް އަރައިފިއެވެ.

ހއ. ބާރަށުން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ، އެރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެކެވެ. އެ މީހުން ޕޮޒިޓިވްކަން އެނގުނީ، ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލްތަކުންނެވެ. އަދި ކަރަންޓީން އުސޫލާއި ޚިލާފަށް އެމީހުންނާ ބައްދަލުކުރި 6 މީހުންގެ ތެރެއިން 4 މީހުން މިއަދު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބާރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ބާރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ. ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 70 އަހަރުގެ ހައިރިސްކް ކެޓަގަރީގެ މީހެއް ވެސް ހިމެނެއެވެ.

ފަހަކަށްއައިސް ރާއްޖޭގެ އަތޮޅުތަކުގައި ކޯވިޑް-19 ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން މިވަގުތުވެސް އައްޑޫސިޓީ އާއި، ފުވައްމުލައް ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން