ކޯވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓް އަލުން ހުޅުވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ދައުރުބޮޑު ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެފައިވާކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނެފިއެވެ.
ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސް އަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް އާއި ބައްދަލު ކުރެއްވުމަށްފަހު އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިއަދު ބުނެފައިވަނީ، ޝަންގްރިއްލާ އާއި ހެރެތެރެ ނުހުޅުވި ލަސްވުމުގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުންނަށް ލިބެމުންދާ ވޭނާއި ކެކުޅުން މިނިސްޓަރާ ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި އެރިސޯޓްތައް އަލުން ހުޅުވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ދައުރުބޮޑު ކަމަށް މިނިސްޓަރ ވިދާޅުވިކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.
"އައްޑޫސިޓީގެ ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި ލާމަރުކަޒީ އުސޫލުގެ ތެރެއިން ސިޓީ ކައުންސިލްގެ ދައުރު ވަރަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވި." އޭޑީސީން ބުނެފައިވެއެވެ.
އައްޑު އަތޮޅުގައި ތަރައްގީ ކޮށްފައިވާ ދެ ރިސޯޓް ބަންދު ކުރުމުން އަތޮޅުގައި ފަތުރުވެރި ކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ވަޒީފާ ގެއްލި އައްޑޫ ސިޓީގެ އެތަކެއް އާއިލާތަކަށް މި ކަމުގެ ނުރަނގަޅު އަސަރު ސީދާގޮތުން ވަނީ ކޮށްފައެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ވަޒީފާ ގެއްލުނު މުވައްޒަފުންނާއި އާއިލާތަކުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އުއްމީދެވެ.
އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރަނީ އައްޑޫ ގަން އެއަޕޯޓަށް ސީދާ ފްލައިޓްތައް ނާންނާތީއެވެ. އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމުން ބައިނަލްއަޤްވާމީ ބަނދަރެއް ކަމަށާއި އެބަނދަރަކީ ހަގީގީ ނޫނީ ކަމުންވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ވެގެން ނޫނީ އައްޑޫއާއި އަދި އެސަރަހައްދުގެ ފަތުރުވެރިކަން ކުރި ނާރާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.

Shangri-La aai Herethere nuhulhuvi lasvumuge sababun #AdduCity ge Rahyithunnah libemun dhaa veynaai kekelhun #ADC in Minister Dr Mausoom aai hihssakohfi. Adducity ge tourism tharahggee kurumugai #Lamarukazee usoolu ge therein City Council ge dhauru varah bodukamah vidhaalhuvi. pic.twitter.com/p8qltbiQCg
— Addu Development Committee (ADC) (@AdcAdduCity) March 3, 2021
އައްޑު އަތޮޅުގައި ތަރައްގީ ކޮށްފައިވާ ދެ ރިސޯޓް ބަންދު ކުރުމުން އަތޮޅުގައި ފަތުރުވެރި ކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ވަޒީފާ ގެއްލި އައްޑޫ ސިޓީގެ އެތަކެއް އާއިލާތަކަށް މި ކަމުގެ ނުރަނގަޅު އަސަރު ސީދާގޮތުން ވަނީ ކޮށްފައެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ވަޒީފާ ގެއްލުނު މުވައްޒަފުންނާއި އާއިލާތަކުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އުއްމީދެވެ.
އައްޑޫގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރަނީ އައްޑޫ ގަން އެއަޕޯޓަށް ސީދާ ފްލައިޓްތައް ނާންނާތީއެވެ. އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް އެއީ ހަމައެކަނި ނަމުން ބައިނަލްއަޤްވާމީ ބަނދަރެއް ކަމަށާއި އެބަނދަރަކީ ހަގީގީ ނޫނީ ކަމުންވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ވެގެން ނޫނީ އައްޑޫއާއި އަދި އެސަރަހައްދުގެ ފަތުރުވެރިކަން ކުރި ނާރާނެ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު