ހއ. ބާރަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ހއ. ބާރަށް (ފޮޓޯ: ސޯޝަލް މީޑިއާ)
ހއ. ބާރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 22 އަށް އަރައިފިއެވެ.

ހއ. ބާރަށުން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ، އެރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެކެވެ. އެ މީހުން ޕޮޒިޓިވްކަން އެނގުނީ، ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލްތަކުންނެވެ. އަދި ކަރަންޓީން އުސޫލާއި ޚިލާފަށް އެމީހުންނާ ބައްދަލުކުރި 6 މީހުންގެ ތެރެއިން 4 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެކަމާ ގުޅިގެން އެރަށުން ގިނަޢަދަދެއްގެ ސާމަޕަލް ނަގާފައިވާއިރު މިހާތަނަށް އިތުރު 9 މީހަކު ޕޮޒިޓިވްވެ، އެރަށުން ޖުމްލަ ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 22 އަށް އަރާފައެވެ. ބާރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ބާރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ފަހަކަށްއައިސް ރާއްޖޭގެ އަތޮޅުތަކުގައި ކޯވިޑް-19 ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން މިވަގުތުވެސް އައްޑޫސިޓީ އާއި، ފުވައްމުލައް ސިޓީ އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން