އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން
އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން
މާލޭ ސަރަޙައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ނެރުނު އެންގުމުގައިވާ ގޮތުން އެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ. މީގެ ކުރިން ވެސް އެޗްޕީއޭ އޮތީ އެއްވެ އުޅުން މަނާކޮށްފައެވެ. ނަމަވެސް އޭރު މަނާކޮށްފައިވަނީ ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމެވެ.

އެއްވެ އުޅުން މަނާކުރުމުގެ އިތުރަށް އިތުރު ފިޔަވަޅުތަކެއް ހަތް ދުވަހުގެ މުއްދަތަށް އެޅުމަށްވެސް އެޗްޕީއޭ އިން މިރޭ ނިންމަވާފައިވެއެވެ.

އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމާއި، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި، ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކުރުން ހިމެނެއެވެ.

މީގެއިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށްގެންދިއުން ހުއްޓާލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމާއި، ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭކަމަށް ފިޔަވަޅު ތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމާއި، ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގަވާފައެވެ.

އެޗްޕީއޭއިން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު މިރޭ ވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިތުރު އެއްމަހަށް އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން