ހަޅުތާލު ހުއްޓާލުމަށްފަހު މޯލްޑިވިއަންގެ މުވައްޒަފުން ވަޒީފާއަށް ނިކުމެއްޖެ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުންނާއި އިންޖީނިއަރުން ހަޅުތާލު ކުރީ ޗީފް ޕައިލެޓް ކެޕްޓަން މުސްތަފާ މަންސޫރު ކުއްލި ގޮތަކަށް، މަގާމުން ދުރު ކުރުމުންނެވެ. ހަޅުތާލުތަކުގެ ސަަބަބުން މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތަކަށް ބުރޫ އަރާފައިވެއެވެ. އަދި ހަޅުތާލުކުރި މުވައްޒަފުންވަނީ މުވައްޒަފުންގެ ކަންބޮޑުވުންތައް ޙިއްސާކޮށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މިހާދު އަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.
މުވައްޒަފުންގެ ހަޅުތާލާ ގުޅިގެން މޯލްޑިވިއަންއިން ކުރި ޓުވީޓެއްގައި ބުނީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުން ފާޅުކުރުމަށްފަހު މަސައްކަތަށް އެނބުރި ނިކުމެފައިވާ ކަމަށެވެ.
"ޕައިލެޓުންގެ ފަރާތުންވަނީ ޙައްލުކުރަން ހުރިކަންކަން ޙައްލުކޮށްދިނުމަށް އެދިފައި. މެނޭޖްމަންޓުންވަނީ އެކަންބޮޑުވުންތައް އަޑުއަހާ ޙައްލުކުރަންހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަންދީފައި." މޯލްޑިވިއަންގެ ޓްވީޓްގައިވެއެވެ.
ކޯވިޑް-19 އާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ވަނީ 50 އިންސައްތަ ދަށްކޮށްފަ އެވެ. އަދި މިއަދާހަމައަށްވެސް މުވައްޒަފުންގެ މުސާރަ އިހު ހުރި މިންވަރަށް އިޢާދަކޮށްދީފައެއް ނުވެއެވެ.
މޯލްޑީވިއަންގެ އެމްޑީ ބަދަލުކޮށް ކުންފުނި އިސްލާހު ކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު އައި އިޤުތިޞާދީ ހީނަރު ކަމުގެ ކުރީންވެސް މޯލްޑިވިއަން އަކީ ބަނގުރޫޓުވުމުގެ ބިރު އޮތް ކުންފުންޏެއް ކަން ހާމަކޮށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު