މަސްވެރިކަން ކުރާ ދޯންޏެއް
މަސްވެރިކަން ކުރާ ދޯންޏެއް
އެންދަމަން އޮތް ދޯންޏެއްގެ ތެރޭގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ބިދޭސީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ބިދޭސީ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ އަރިކައްޓަށް ކަމަށާއި ވަޅި ހެރުމުގެ ސަބަބުން އޭނާގެ ކިޑްނީ އާއި ބްލެޑާގެ އިތުރުން އެހެނިހެން ގުނަވަންތަކަށް ގެއްލުންވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ އެންދަމަށް އޮތް ދޯންޏެއްގައި ރޭ ދަންވަރު 2 ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށެވެ. އަދި މިމައްސަލަ ހުށައަޅާފައިވަނީ ރޭ ފަތިހު 3:50 ހާއިރުކަމަށާއި، މާރާމާރީގައި ޒަހަމްވި މީހާއަށް ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން