ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ކޯވިޑް-19 ގެ ވެކްސިން ދެޑޯޒް ފުރިހަމަކުރުމުން ކަރަންޓީން ނުވެ ދަތުރުކުރެވޭގޮތް ހެދުމާމެދު ވިސްނަމުންދާކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޯވިޑް-19 ގެ ވެކްސިން ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރެގެން ވާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށާއި، ދުނިޔޭގެ ގިނަ ޤައުމުތަކެއްގައިވެސް އެކަން އޮންނަނީ އެގޮތަށް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ އިތުރަށް ވިދާޅުވީ ކޯވިޑް-19 އަށް ޚާއްސަކޮށް ސަރުކާރުން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާރު ނުލިބިހުރި ދުބާއީގެ ކުންފުންޏާ ޙަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ލިބޭނެކަމުގެ ޔަޤީންކަން މިހާރު ނެތް ކަމަށެވެ. އެހެންކަމުން އެކަމުގައިވެސް ޢަމަލު ކުރާނެ ގޮތެއް ނިންމުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާއިރު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުމަށް ލިބެމުންދަނީ ފިނި ތަރުޙީބެއްކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. ވެކްސިނަކީ ކޮވިޑަށް އޮތް ދާއިމީ ޙައްލެއް ނޫން ކަމަށާއި، ނަމަވެސް އެއީ ބަލީގެ އެންމެ ނުރައްކާތެރި ހިސާބަށް ނުގޮސް ސަލާމަތް ވެވިދާނެ ވަސީލަތެއް ކަމަށް އެޗްއީއޯސީން ހާމަކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ ވެކްސިން ޖަހައިގެން ލުއިތަކެއް ނުލިބޭނަމަ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން