މާދަމާ މާލޭ ސަރަޙައްދުގައި 2،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭންގައި މާލޭ ސިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ މާދަމާ މާލޭ ސަރަޙައްދުގައި 2،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މާލެ ސަރަހައްދުގައި 15،000 ހައުސިންގ ޔުނިޓް ގާއިމްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަޙައްދަށް ހުރި ޕްރޮޖެކްޓްތަކަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ، ހައުސިން މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން މާލޭ ސަރަޙައްދުގައި ދިރިއުޅޭ 17،000 އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ ކުރީކޮޅު 5،000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އަދި އިތުރު 5،000 ޔުނިޓްގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޗައިނާގެ ކުންފުންޏަކާއި 1،700 ޔުނިޓްގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށާއި އަދި ޗައިނާގެ ސީއެމްސީއާއެކު 1،344 ޔުނިޓްގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ. އަދި އިންޑިއާގެ ކުންފުނިތަކާއެކު 4،000 ޔުނިޓް ގާއިމްކުރުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި އެޗްޑީސީއން ވެސް ހައުސިން ޔުނިޓްތަކެއް ގާއިމްކުރުމަށް ޓެންޑަރ މަރުހަލާގައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ޤާއިމްކުރާ ހައުސިން ޔުނިޓްތައް ވެގެންދާނީ ނިސްބަތުން ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ކަމަށެވެ. އަދި ވިލިމާލޭގައި އުސްއިމާރާތްތައް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މާލެއިން ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ ޕްރޮގްރާމެއް ފަށްޓަވާނެކަމަށްވެސް މިރޭގެ ކެމްޕޭން އިވެންޓްގައި ރައީސް ވިދާޅުވިއެވެ.
ކެންޑިޑޭޓުން ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، މި ސަރުކާރު ނިމުމުގެ ކުރިން އެ މައްސަލަ އެކީ ހައްލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު