ކޯވިޑް-19 ފެތުރެމުން ދިއުމުގެ ސަބަބުން މޮނިޓަރިންގެ ޙާލަތަށް ގެންދިޔަ ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.
އިއްޔެ ފުވައްމުލަކުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާތީ ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިއަދު 15:00 ހާއިރުއެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ހޯމް ކަރަންޓީނު ގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.
މިވަގުތު ފުވައްމުލަކުގައި ބަލިޖެހިފައި ތިބި މީހުންގެ ޢަދަދަކީ ދިހައެކެވެ. އެ ސިޓީން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 44 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު