މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ވައްދައިފިއެވެ.
ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ގަރާރުގައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރާކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާނުދޭ ކަމަށެވެ. އަދި މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަަމަށް އެ ޤަރާރުގައި ވެއެވެ.
މި މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިމެނެއެވެ.
ދާދިފަހުން މި ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ވަޒީރު މަލީޙް ޖަމާލްވެސް ވަނީ އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު