މި ކޯލިޝަން ސަރުކާރު ރޫޅާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، މިއީ ކޯލިޝަން ސަރުކާރެއް ކަމަށާއި، މި ސަރުކާރު ކޯލިޝަނެއްގެ ގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތަކެއް ނުބޭއްވުނު ނަމަވެސް ހުރިހާ ލީޑަރުންގެ އެއްބާރުލުމާއެކު މި ސަރުކާރުގެ ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިސަރުކާރު ވެރިކަމަށް އައިސްފައިވަނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އާއި ޢަދާލަތު ޕާޓީގެ ކޯލިޝަންގެ ތެރެއިންނެވެ. ނަމަވެސް އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކުގެ ވަޒީރުން މަޤާމުން ވަކިކުރުމުގެ އޮއިވަރެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު