އަލީ ވަޙީދު
އަލީ ވަޙީދު
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދުގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަޙްޤީޤު ކުރުމަށް ފޮނުއްވީ ފްރޭމް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބަލައިގެން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ޢަލީ ވަޙީދު ފްރޭމް ކުރުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު ޢަލީ ވަޙީދުގެ މައްސަލަ ކުރިއަށްދަނީ ފްރޭމް ކޮށްފައި އޮތްކަމަށް ބަލައިގެންނެއް ނޫން ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު އެ މައްސަލަ ފުލުހުންނަށް ހުށައެޅުއްވި ކަމަށާއި، އެކަމުގައި ފުލުހުން ރަނގަޅު ތަޙުޤީޤެއް ހިންގެވި ކަމަށް ޤަބޫލު ކުރަށްވާކަމަށް ރައީސް ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ.

އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން