ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއަށް އިތުބާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، މިނިސްޓަރ ނަހުލާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރެއް ކަމަށާއި، އެކަމަނާއަށް އިތުބާރު އެބަ އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓްގައި ފުށުއެރުންތަކެއް ހުރުމުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ނިންމަވާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ލިޔެކިޔުންތަކެއް ފޯޖުކުރި މައްސަލަތަކެއް ފާހަގަވެ ފުލުހުންނަށް އެމައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އެގޮތުން 18 ވެހިކަލެއްގެ ރަޖިސްޓްރީކުރުމުގައި އެ މައްސަލަ ފާހަގަވެފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު