މިނިސްޓަރ މަލީޙް
މިނިސްޓަރ މަލީޙް
މިނިސްޓަރަކު ފެއިލް ވެއްޖެނަމަ އެ މިނިސްޓަރަކު ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރު ހިންގުމަކީ އެތައް ރައްޔިތެއްގެ މަޞްލަހަތު އެކުލެވޭ ކަމެއް ކަމަށާއި، އެހެންކަމުން ވަޒީރަކާ މެދުވެސް އިތުބާރު ގެއްލިއްޖެ ނަމަ އެމީހަކު ވަކިކުރުމުގެ މަސައްކަތް ކުރާނީ ރައީސް ކަމަށެވެ. މީގެ ކުރިންވެސް އެގޮތަށް ވަޒީރުން ވަކިކޮށްފައިވާނެ ކަމަށާއި، ނަމަވެސް ޕީޖީ ގްރޫޕަށް ވަޒީރެއްގެ އިތުބާރު ނެތްނަމަ އެކަން ރައީސަށް ހުށައެޅުއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، އެންމެފަހުން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅައި ވަކިކުރި މަލީހާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް މަލީހު ބޭނުންފުޅުވީ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީ ވުމަށް ކަމަށެވެ. 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައިވެސް ވަޒީރުން ވަކިކުރަން ޕީޖީ ގްރޫޕުން ނިންމި ކަމަށާއި، ނަމަވެސް އެކަމުގައި ގޮތް ނިންމާފައިވަނީ އޭރުގެ ރައީސް ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އެކި ޕާޓީތަކުގެ ވަޒީރުން ތިއްބެވި ނަމަވެސް، ސަރުކާރަކީ އެއް ސަރުކާރެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން