ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް (ފޮޓޯ- ޝޯޝަލް މީޑިއާ)
ހުޅުމާޅެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް (ފޮޓޯ- ޝޯޝަލް މީޑިއާ)
ފްލެޓް ކޮމިޓީން ފްލެޓް ލިބުނު މީހުންގެ ލިސްޓް ޢާއްމު ކޮށްފައިވީ ނަމަވެސް، ފްލެޓް ލިބުނު މީހުން ކަނޑައަޅައި ރަސްމީ ލިޔުން ޙަވާލު ކުރާނީ ހައުސިންގ މިނިސްޓްރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ މައްސަލަތައް ބެލި ކޮމިޓީން ކޮށްފައިވަނީ ވަރަށް ބުރަ އިޚްލާސްތެރި މަސައްކަތެއް ކަމަށާއި، ނަމަވެސް ފްލެޓް ލިބުނު މީހުން ކަނޑައަޅައި ރަސްމީ ލިޔުން ޙަވާލު ކުރާނީ ހައުސިންގ މިނިސްޓްރީން ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބައެއް ފްލެޓް ލިޔުންތައް ރައީސް ޞާލިޙް ހުވާކުރުމުގެ ދަރުބާރު ކުރިއަށް ދިޔަ ވަގުތުވެސް ދޫކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އަދި ޢާއްމުން ހުށައެޅި ފޯމްތައް ހޯދުންވެސް ވީ އުނދަގޫ ބުރަ މަސައްކަތަކަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ހިޔާ ފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން