ވަޢުދުތައް ފުއްދައިނުދީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާހަކަވެސް ނުދައްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކޯލިޝަން މެނިފެސްޓޯގެ ދަށުން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ، ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރަށް ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ވަޢުދުތައް ނުފުއްދާ ދެވަނަ ދައުރެއްގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން އެވާހަކަ ޤަބޫލު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދެވަނަ ދަޢުރަށް ކުރިމަތިލެއްވުމާމާމެދު ވަކިގޮތެއް ނިންމަވާފައި ނުވާ ކަމަށާއި، ނަމަވެސް ފަސްއަހަރުން ފަސްއަހަރުން ޤައުމެއްގެ ތަރައްޤީގެ ޕްލޭން ބަދަލުވުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށެވެ. އެހެންކަމުން ފަސްއަހަރަކީ ދުރުރާސްތާގެ ޕްލޭނަކަށް އެންމެ ރަނގަޅު މުއްދަތެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ނަމަވެސް މިހާރަށްވުރެ ވެސް ވެރިކަމުގެ ދައުރު ކުރުކޮށް އަވަސް އަވަހަށް ވެރިން ރައްޔިތުން ގާތަށް ދާންޖެހޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު އަދި އެމަނިކުފާނު ގަބޫލުފުޅު ކުރަށްވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު