އަރުޝަދު ހާލިދު
އަރުޝަދު ހާލިދު
ޖަނަވަރީ މަހުގެ ފަހުކޮޅު އަތުލައިގަތް ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިސްމީހާ ކަމަށްވާ އަރުޝަދު ޚާލިދު އަލުން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް، ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭންވެސް ވަނީ އެދިފައެވެ.

އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއިރު، އޭގެ ތެރެއިން އަރުޝަދު ފިޔަވައި ދެން ތިބި އެންމެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފަ އެވެ. އަދި އަރުޝަދު ބަންދުން ދޫކޮށްލަން އަމުރު ކުރުމުން އެ ނިންމުން ރިވިއު ކުރަން ދައުލަތުން އެދުމުން ހައިކޯޓުން މިއަދު ނިންމާފައިވަނީ ޝަރީޢަތް ނިމެންދެން އަރުޝަދު ބަންދުކުރުމަށެވެ.

މި މައްސަލައިގައި އަރުޝަދުގެ އިތުރުން ދައުލަތުން ދައުވާ ކޮށްފައިވަނީ އަހްމަދު ސުނައިނު، އަހްމަދު ގިޔާސް، އަލީ ޒުބައިރު، ހުސައިން ޒަހީން، އިސްމާއިލް ވިޝާލް، އަސްލަމް ނާޒިމް އަދި އަހްމަދު އިމްސާހުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން