މަތީ ތަޢުލީމަށް މިވަރަށް އިންވެސްޓްކުރި އެހެން ސަރުކާރެއް ނެތް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ހަވީރު ވަނީ ވަރޗުއަލްކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މި ވަގުތު ހިންގަމުންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު މަޝްރޫޢަކީ ދަރިވަރުންނަށް ތަޢުލީމު ހާސިލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ.
އެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދިނުމުގެ ވަޢުދުގެ ދަށުން މިދިޔަ ހަފުތާގައި 10،000 ވަނަ ދަރިވަރަށް އެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމުގައެވެ. އަދި، މި ކަމުގެ ހެޔޮ ނަތީޖާތަކާއި ފައިދާ ކުރިއަށް އޮތް ދޭއް ނުވަތަ ތިން އަހަރެއްގެ ތެރޭގައި ޤައުމަށް ފެންނަން ފަށާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅާ ގުޅިގެން މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވީ، ތަޢުލީމީ ޖީލެއް މި ފަސްގަނޑުން އުފެދިގެން މިދަނީ ރައީސް ޞާލިޙްގެ ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
"މި ސަރުކާރު ތަޢުލީމުގެ އަގު ވަޒަން ކުރޭ. ފުރުސަތުތައް ފަހިކޮށްދޭ. މަތީ ތަޢުލީމަށް މިވަރަށް އިންވެސްޓްކުރި އެހެން ސަރުކާރެއް ނެތް. މިހާ އިސްކަންދެއްވި އެހެން ވެރިއެއް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.
ހިލޭ ޑިގްރީ އަށް ރާއްޖޭގައި 10،000 ކުދިން ކިޔަވަމުން ދާއިރު، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް 1176 ކުދިން ވަނީ އެޕްލިކޭޝަން ހުށައަޅާފައެވެ. މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވީ، އެ އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒިފުން ވަޒަންކުރާނީ ތެދުވެރިކަމާއި ޢީޚުލާޞްތެރިކަމާއިއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެއްވެސް ސިޔާސީ ނުފޫޒެއްނެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު