އިސްލާމީ މަރުކަޒު ކައިރީގައި ދަމާލާފައިވާ ވެކްސިން ކިޔޫ
އިސްލާމީ މަރުކަޒު ކައިރީގައި ދަމާލާފައިވާ ވެކްސިން ކިޔޫ
ކޯވިޑް-19 ގެ ވެކްސިން ޖެހުމަށް ބާރު ބޮޑުވެ ގައިދުރުކަމެއް ނެތި މާލޭގައި ވެކްސިން ޖަހާ މަރުކަޒުތައް ކައިރީގައި މިއަދު ކިޔު ދަމާލައިފިއެވެ.

ޢާއްމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެކްސިން ސެންޓަރުތައް ކައިރީގައި މިއަދު ގިނަ ޢަދަދެއްގެ މީހުން ވެކްސިން ޖެހުމަށް ގޮސްތިބިއިރު ކިއޫ ގައި ގައިދުރުކަމެއްވެސް ނެތެވެ. ވެކްސިން ސެންޓަރުތައް ކައިރީގައި ގައިދުރުކަމެއް ނެތުމުން ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވީ، ވެކްސިން ކިއޫގައި ތިބޭއިރު ގައިދުރުކަމެއް ނުބެހެއްޓި ނަމަވެސް މިސްކިތަށް އެރުމަށްފަހު ގައިދުރުކުރަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.



މާލޭގައި ވެކްސިން ޖަހާ މީހުން ކުއްލިއަކަށް އިތުރުވެފައި މިވަނީ މާލޭގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވުމާ ގުޅިގެންނެވެ. މިނިސްޓަރ ވިދާޅުވީ މި މަހުގެ 15 ގެ ފަހުން މާލޭ ސަރަޙައްދުގައި ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށެވެ.



ޑރ. އިޔާޒް ވަނީ އެޗްޕީއޭގެ އުސޫލުތައް ވެކްސިން ސެންޓަރުތައް ކައިރީގައި ނުހިފެހެއްޓޭނަމަ މިސްކިތާއިމެދު އަޅާފައިވާ ބާތިލް ފިޔަވަޅު އުވާލުމަށް ގޮވާލައްވާފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ނުވެގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމިއިރު މިސްކިތްތަކުގައި ޖަމާއަތް ހެދުމުގައި ގައިދުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމާއި މެދު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ ޑރ، އިޔާޒެވެ. ޑރ. އިޔާޒު މިކަމުގައި ފާޑުވިދާޅުވަމުންދާއިރު އިސްލާމިކް މިނިސްޓަރަކީ އިޔާޒުވެސް ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީގެ ދީނީ ޢިލްމްވެރިއެކެވެ. އަދި ދާޚިލީ ވަޒީރަކަށް ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އެވެ.

މިހާތަނަށް ރާއްޖެއިން 175،456 މީހުން ކޯވިޑް ވެކްސިން ޖަހާފައިވެ އެވެ. އަދި މާލޭ ސަރަޙައްދުން އެކަނިވެސް 99821 މީހުންވަނީ ވެކްސިން ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން