ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރަށް ބޯކޮށް ވާރޭވެހި، އެރަށުގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކުގައި ފެންބޮޑުވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ވަނީ، ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ބައެއް ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައި، ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ދައްކައިދޭ ފޮޓޯތައް ހާމަކޮށްފައެވެ.
ނައިފަރުގައި ފެންބޮޑުވެފައިވާއިރު، މި ދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

Mihaaru rajje ah kuramun dhaa vissaaraigai Lh.Naifarah, boakoh vaareyvehi, e rashuge baeh sarahahdhu thakugai fen boduvegen, MNDF NA Lh.Naifaru Fire Station in harakaaiytheri vanee. Mi haadhisaage mauloomaathu libifai vanee miadhu 15:30 haairu. pic.twitter.com/KXAZpxqmF5
— Maldives National Defence Force (@MNDF_Official) March 11, 2021
އެމްއެންޑީއެފުން ވަނީ، ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ބައެއް ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖަހައި، ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ދައްކައިދޭ ފޮޓޯތައް ހާމަކޮށްފައެވެ.
ނައިފަރުގައި ފެންބޮޑުވެފައިވާއިރު، މި ދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު