ކޯވިޑް-19 ވެކްސިން ގަތުމަށް ހާއްސަ ހުއްދައެއް ދިނުމަށް ނިންމައި މާލީ ވަޒީރު އިބްރާހިމް އަމީރު ޚާއްސަ ޤަރާރެއް ނެރުއްވައިފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ޤަރާރުގައިވަނީ ކޯވިޑް-19 ވެކްސިން ގަތުމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސާއި ދެމެދު ރާއްޖެއިން އެއްބަސް ވެފައިވާ ކަަމަށެވެ.
މި ޤަރާރުގައި މާލިއްޔަތު ގާނޫނުން ބައެއް މާއްދާތަކަށް ޢަމަލު ނުކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ ހިމެނެއެވެ.
އިންޑިއާއިން ވެކްސިން ގަންނަން އާ ހުއްދައެއް ދީފައި ވަނީ އެސްޓެރެޒެނިކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ގައި އެއްބަސްވުމަށް ފަހު އެވެ. އެ އެއްބަސްވުމާއި ބެހޭ އިތުރު މައުލޫމާތެއް ފަހުން ހާމަކޮށްފައެއް ވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު