ފްލޯޓީންގ ސިޓީ މަޝްރޫޢު ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ފްލޯޓީންގ ސިޓީ މަޝްރޫޢު ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ ޤާއިމްކުރުމުގެ މަޝްރޫޢު މިއަދު އަލުން ލޯންޗުކޮށްފިއެވެ.

2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމަށްފަހު މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ކުރިންވެސް މި މަސައްކަތް ކުރުމަށް ސަރުކާރާއެކު އެއްބަސްވި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި އެކުގައެވެ.

މިމަޝްރޫޢު ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް އާއި، މިމަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނީގެ ސީއީއޯ ޕައުލް ވެން ޑި ކޭމްޕް ބައިވެރިވެ ވަޑައިގެންނެވިއެވެ.



މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު މިރަށުގައި އަޅާނެއެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތު ދެއްވައެވެ.

އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓުވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން