އއ. ތޮއްޑޫ
އއ. ތޮއްޑޫ
ހޯމް ކަރަންޓީނުގައި ހުރި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭ އިން ބުނީ ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 5 މީހެއްގެ ސާމްްފަލް ނަގައި ޓެސްޓްކުރި އިރު އޭގެތެރެއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ތޮއްޑޫ މޮނިޓަރިންނަށް ލާފައިވާ ކަމަށެވެ. އަދި އެޗްޕީއޭއިން ވަކިގޮތެެއް އަންގަންދެން ރަށަށް އަރައި ފޭބުންވެސް ވަނީ މަނާކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 21،666 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން