ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން އައްޑޫސިޓީގައި ކުރިއަށްގެންދާ ކެމްޕޭންގައި އެމްޑީޕީގެ ލޯގޯ ޕީޕީއެމުން ބޭނުންކުރާކަމުގެ ތުހުމަތުތަކެއް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރަށްވައިފިއެވެ.
މިއަހަރުގެ އޭޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫސިޓީ މީދޫގައި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓްގެ ކެމްޕޭނުގައި އެމްޑީޕީގެ ލޯގޯ ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތަކެއް އައްޑޫގެ ބައެއް ޢާއްމުން ދަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ، ޕީޕީއެމުން ވައްކަން ކުރުމުގައި ހައްދެއް ނޯންނަ ކަމަށާއި، މިހާރު ޕީޕީއެމުން ދަނީ އެމްޑީޕީގެ ލޯގޯ ބޭނުންކޮށްގެން ކެމްޕޭން ކުރަމުން ކަމަށެވެ. އަދި މި މައްސަލަ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ލޯގޯ ޕީޕީއެމްގެ ކެމްޕޭނަށް ބޭނުންކުރާކަމުގެ ތުހުމަތާއެކު އައްޑޫސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ، ވައްކަން ކުރުމަކީ ޕީޕީއެމްގެ ކަށީގައި ހިފާފައިހުރި ސިފައެއް ކަމަށާއި، ޕީޕީއެމްގެ ޢަމަލުތަކުންވެސް ޔަޤީންވާ ކަމަކީ ރައްޔިތުން ވޯޓުދޭނީ އެމްޑީޕީއަށްކަން ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓްކޮޅެއް ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. މި އިންތިޚާބުގައި ވޯޓަކާނުލާ ކައުންސިލް ތަކުގެ 30 ކެނޑިޑޭޓުން އިންތިޚާބުވެފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 ކެނޑިޑޭޓުން ވޯޓަކާ ނުލައި އިންތިޚާބު ވެފައިވެއެވެ.
އިންތިޚާބަށް ކެމްޕޭންކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެންމެ ވާދަވެރި ކެމްޕޭނެއް ހިންގާނެ އެއް ސިޓީއަކަށް އައްޑޫސިޓީވާނެއެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ 7 ކައުންސިލަރުންނެވެ.

Vakkan kurumuga hahdheh novey. MDP logo PPM candidate ge campaign ga beynun kuraa massala mee @MDPSecretariat in husha alhaigen @ElectionsMv in balan jehey massala eh kamugai dheken. https://t.co/rHz5Ty5vom
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) March 18, 2021
އެމްޑީޕީގެ ލޯގޯ ޕީޕީއެމްގެ ކެމްޕޭނަށް ބޭނުންކުރާކަމުގެ ތުހުމަތާއެކު އައްޑޫސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވީ، ވައްކަން ކުރުމަކީ ޕީޕީއެމްގެ ކަށީގައި ހިފާފައިހުރި ސިފައެއް ކަމަށާއި، ޕީޕީއެމްގެ ޢަމަލުތަކުންވެސް ޔަޤީންވާ ކަމަކީ ރައްޔިތުން ވޯޓުދޭނީ އެމްޑީޕީއަށްކަން ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓްކޮޅެއް ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. މި އިންތިޚާބުގައި ވޯޓަކާނުލާ ކައުންސިލް ތަކުގެ 30 ކެނޑިޑޭޓުން އިންތިޚާބުވެފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 ކެނޑިޑޭޓުން ވޯޓަކާ ނުލައި އިންތިޚާބު ވެފައިވެއެވެ.
އިންތިޚާބަށް ކެމްޕޭންކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެންމެ ވާދަވެރި ކެމްޕޭނެއް ހިންގާނެ އެއް ސިޓީއަކަށް އައްޑޫސިޓީވާނެއެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ 7 ކައުންސިލަރުންނެވެ.
ކިޔުންތެރިންގެ ހިޔާލު