ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމި ބައެއް ނިންމުންތައް އުވާލާފައިވާ ކަމަށް އެކޯޓުން ހާމަކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ އެ ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ބައެއް ނިންމުންތަކަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ރޫލިންގ، ސަރކިއުލަރ، ޢާއްމު ސިޓީ އަދި އުޞޫލުތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 19 ނިންމުމެއް އުވާލާފައިވާއިރު އޭގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަކީ ބާޠިލު އަކުރެއް ކަމަށް ކަނޑައަޅައި، 02 ޑިސެންބަރު 2008 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ އިދާރާގެ މަސްއޫލުވެރިންނާ ޙަވާލުކުރެވޭ މަސައްކަތާ ބެހޭގޮތުން އެ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅާ ނެރުނު ރޫލިންގ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާބެހޭ އުޞޫލު ވެސް ހިމެނިފައިވެއެވެ.

އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ކުރިން ނެރެފައިވާ ގިނަ އެންގުންތަކަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުޞޫލު ވެސް ވަނީ އުވާލާފައެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކޯޓުތަކުގެ ހިންގުމަށް މިހާރުވަނީ އިދާރީގޮތުން ބޮޑު ބަދަލެއް އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން