ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޮވިޑް ޖެހިގެން އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުންދިޔަ އަންހެނެކެވެ. އޭނާގެ އުމުރަކީ 79 އަހަރެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި މީހުންގެ އަދަދު ވަނީ 65 އަށް އަރާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާގޮތުގައި މިހާތަނަށް ކޯވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި އަށް ބިދޭސީންނެވެ. މިއަހަރު އެކަނިވެސް 17 މީހުން ނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ނިޔާވި 04 މީހުންނާއި، ފެބްރުއަރީ މަހު ނިޔާވި 10 މީހުންނާއި، މިމަހުގެ މިހާތަނަށް ނިޔާވި 03 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން