ރ. އުނގޫފާރު (ފޮޓޯ: އުނގޫފާރު.ކޮމް)
ރ. އުނގޫފާރު (ފޮޓޯ: އުނގޫފާރު.ކޮމް)
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މުޖުތަމަޢުގެ ތެރެއިން ފެނުމާ ގުޅިގެން ރ. އުނގޫފާރަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އުނގޫފާރު ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އުނގޫފާރުން ޕޮޒިޓިވްވީ އެރަށު ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެކެވެ. އެ އަންހެން މީހާގެ ފިރިމީހާ އަކީ މާލެއާއި އެރަށާ ދެމެދު ބޯޓު ދަތުރުކުރާ މީހެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރު ގެންދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން