އެންމެފަހުގެ ނޭވާވެސް ލާނީ މިޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ކަމަށް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން މާލެއަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރަށްވާ މުޙައްމަދު ނިމާލް ވިދާޅުވީ، އޭނާ އަކީ ދިވެހިންގެ ތާޒާ ލޭ ހިނގާ ދިވެހިވަންތަ ދިވެހި ދަރިއެއް ކަމަށެވެ. އަދި ދިވެހިންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވާން ތައްޔާރަށް ހުންނެވި ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް މި މޭރުމުން ޝުޢޫރު ފާޅުކުރަށްވާފައި މިވަނީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ އަސްކަރިއްޔާގެ ޑޮކްޔާޑާއި، ބަނދަރުގެ އެއްބަސްވުން ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާތީ އެކަމާ އިޙްތިޖާޖް ކުރުމަށް އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައި ވަނިކޮށެވެ. ނިމާލް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލުވާލާނެ އެއްބަސްވުމެއް ކަމަށެވެ.
އިއްޔެގެ އިޙްތިޖާޖްގެ ތެރެއިން ހައްޔަރުކުރުމަށްފަހު ފުލުހުންގެ ބަންދުން ދޫކޮށްލުމުން ނިމާލް ވިދާޅުވީ، ދެއިރު ދެ ދަޅައަށް ޖަލަށް ލިޔަސް އޭނާގެ ހިތުގައިވާ ޤައުމީ ލޯބި ޖަލަށް ނުލެވޭނެ ކަމަށެވެ.
"މިހިތުގައިވާ ޤައުމީ ލޯބި ޖަލަށް ނުލެވޭނެ. މި ހިތުގައިވާ ޤައުމީ ރޫޙަކަށް ޕެޕަރސްޕްރޭ އެއް ނުޖެހޭނެ. ބޭރުގެ އެއްވެސް ނުފޫޒެއް މި ޤައުމުގެ މައްޗަށް އޮވެގެން ނުވާނެ." ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ، މިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް މި ޤައުމުގައި އޮންނަން ޖެހޭނީ އަމިއްލަ ބަސްބުނެވޭ ދިވެހި ވެރިކަމެއް ކަމަށެވެ.
މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިޔަށްގެންދާ ޙަރަކާތުގެ އެންމެ އިސް ސަފުގައި ހުންނެވި ނިމާލް ވިދާޅުވީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރަންޖެހޭ ކަމަށާއި، އެމަނިކުފާނުގެ މައުސޫމުކަމަށް މުޅި ދިވެހިޤައުމު ހެކިވާނެ ކަމަށެވެ.
ފެނަކައިގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ނިމާލު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޕީޕީއެމުން އޭނާ ސިފަކުރަނީ “ޓުވެންޓީ ފޯ އަވާޒް މޭން” ގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު