ފ. ނިލަންދޫ
ފ. ނިލަންދޫ
ފ. ނިލަންދޫގައި ހޯމްކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނިލަންދޫ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ނިލަންދޫން ޕޮޒިޓިވްވެފައިވަނީ އަންހެނެކެވެ. އޭނާ ވަނީ ހޯމް ކަރަންޓީނުގެ އުސޫލާ ޚިލާފަށް އެރަށު ހޮޓަލެއްގައި މަސައްކަތްކުރާ ފިރިހެނަކާ ބައްދަލުކޮށްފައެވެ.

ނިލަންދޫ ސިއްޙީ މަރުކަޒުން މިހާރު ގެންދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން