ކ. ހުރާ
ކ. ހުރާ
ކ. ހުރާއިން މާލެގެނައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހުރާ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ހުރާއިން ޕޮޒިޓިވްވެފައިވަނީ 72 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލެ ގެންގޮސްފައިވަނީ ބަލިވެއުޅޭތީ އިތުރު ޓެސްޓްތަކެއް ހެދުމަށެވެ.

ހުރާ ސިއްޙީ މަރުކަޒުން މިހާރު ގެންދަނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫ މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން