ޅ. ނައިފަރު
ޅ. ނައިފަރު
ރ. އުނގޫފާރަށް ދިޔަ ނައިފަރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޅ. ނައިފަރަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނައިފަރު ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ނައިފަރުން ޕޮޒިޓިވްވެފައިވަނީ އުނގޫފާރަށް މިދިޔަ ހަފްތާ ބަންދުގައި ޑޮކްޓަރަށް ދެއްކުމަށް ދިޔަ ދެމީހުންނެވެ.

ނައިފަރު ހޮސްޕިޓަލުން މިހާރު ގެންދަނީ އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫ އާއި ކ. ހުރާ މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން