ހދ. ކުޅުދުއްފުށި (ފޮޓޯ: ކުޅުދުއްފުށި އޮންލައިން)
ހދ. ކުޅުދުއްފުށި (ފޮޓޯ: ކުޅުދުއްފުށި އޮންލައިން)
ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ހދ. ކުޅުދުއްފުއްޓާއި، ރ. ހުޅުދުއްފާރަށް އަރައިފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެ ދެރަށުގެ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވަނީ އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު އެ ރަށްރަށަށް އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އެދެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވް ވެފައިވަނީ ދާދިފަހުން ނައިފަރުން ޕޮޒިޓިވްވި މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ މީހެކެވެ. އަދި އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އުޅުނު މީހާވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނައިފަރު ހޮސްޕިޓަލުން ޕޮޒިޓިވް ކޭސްއެއް ފެނުމުން އެރަށްވެސް އޮތީ މޮނިޓަރިން ޙާލަތުގައެވެ.

މީގެ އިތުރުން ރ. އުނގޫފާރަށް ދަތުރުކުރި ރ. ހުޅުދުއްފާރު މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވެސް މިހާރު ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެޗްޕީއޭއިން މިހާރު ދަނީ އެ ދެރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެގޮތުން ރ. އުނގޫފާރާއި ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫ އާއި ކ. ހުރާ އަދި ކ. ދިއްފުށިވެސް މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން