ޅ. ފެލިވަރު
ޅ. ފެލިވަރު
ޅ. ފެލިވަރަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މިފްކޯ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ފެލިވަރު މޮނީޓަރިންގް ހާލަތަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން ކުންފުނިން ކަންކަން ގާތުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ފެލިވަރު ސެންޓަރުގެ އެއްވެސް މުވައްޒަފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

އެގޮތުން ފެލިވަރު ސެންޓަރުގައި މުވައްޒަފުންގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭގެ ޓީމަކުން ވަނީ ފެލިވަރަށް ރޭގެ ވަގުތެއްގައި ގޮސް 104 މުވައްޒަފުންގެ ސާމްޕަލް ނަގާފައި ކަމަށް ވެސް މިފްކޯ އިން ބުނެ އެވެ.



ނަމަވެސް އަދި އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ ލިބިފައި ނުވާ ކަމަށާއި، އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގައި އެޗްޕީއޭއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން މިއަދު ވަނީ، 1 މާރިޗް 2021 ގެ ފަހުން ޅ.ފެލިވަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް އެދިފައެވެ. އަދި ސާމްޕަލް ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

ފެލިވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ ޅ. ނައިފަރުން ބަޔަކު އެރަށަށް ދަތުރުކޮށްފައިވާތީ އެވެ. ޅ.ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، 10 މާރިޗް 2021 ގެ ފަހުން ޅ.ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެކަން އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން