ޅ. ނައިފަރު
ޅ. ނައިފަރު
ޅ.ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، 10 މާރިޗް 2021 ގެ ފަހުން ޅ.ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ، އެތާރީޚްގެ ފަހުން ޅ.ނައިފަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވާ ކަމަށެވެ. އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށާއި، އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 10 މާރިޗް 2021 ގެ ފަހުން ޅ.ނައިފަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަންވާނެ ކަމަށްވެސް އެންގުމުގައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށް އެދިފައެވެ.

އެޗްޕީއޭއިން ނައިފަރު މޮނިޓަރިންގެ ޙާލަތަށް ބަދަލު ކުރީ، ރ. އުނގޫފާރަށް ދިޔަ ނައިފަރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ނައިފަރު ހޮސްޕިޓަލުން މިހާރު ގެންދަނީ އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި ކޯވިޑް-19 އަށް ސާމްޕަލް ނަގަމުންނެވެ. ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން