އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް
ފުރަތަމަ ޑިވިޜަންގެ ކްލަބްތަކުގެ މަސައްކަތުން ދިވެހި ޕްރިމިއަރ ލީގު ފެށުމުގެ ހުއްދަ އެޗްޕީއޭގެ އަތުން ހޯދައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޜަންގައި ވާދަކުރާ ކްލަބްތަކުން މިދިޔަ އަންގާރަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ލީގު ފެށުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭއަށް އާދޭސް ދަންނަވާފައެވެ. އަދި ލީގު ފެށުމުގެ ހުއްދަ ނުދީފިނަމަ ދަރުބާރުގެ ކައިރިއަށް އެއްވާނެ ކަމުގެ އިންޒާރުވެސް ކްލަބްތަކުން ދީފައިވެއެވެ.

ކްލަބްތަކުގެ އިންޒާރަށް 48 ގަޑިއިރު ނުވަނީސް އެޗްޕީއޭއިން މިއަދު ވަނީ ލީގު ފެށުމުގެ ހުއްދަ އެފްއޭއެމް އަށް ދީފައެވެ. އެކަން ހާމަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، އެޗްޕީއޭގެ ހުއްދަ ލިބިފައިވާތީ އަންނަ ހުކުރު ދުވަހު ލީގު ފަށާނެ ކަމަށެވެ.



ކޯވިޑް-19 އާ ގުޅިގެން ދިވެހި ލީގު މެދު ކަނޑާލަން ޖެހި، ގިނަ ދުވަސްތަކެއްވެފައިވާތީ އެއްވަނަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބުތަކުންވަނީ އެކި ގޮތްގޮތަށް ސަރުކާރަށް ޕްރެޝަރުކޮށްފައެވެ. ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފުޓްބޯޅަ ލީގު މެދުކަނޑާލާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ލީގުގެ ކުޅުން އަލުން މާދަމާ ފަށަން ނިންމިކަން އެފްއޭއެމުން އިއުލާން ކުރިއިރު ރާއްޖޭގެ ބައެއް ކްލަބްތަކުން އަންނަނީ އޭއެފްސީ ކަޕްގެ މެޗްތައް ކުޅުމަށް ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން