ޅ. ފެލިވަރުން 63 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެސަރަހައްދުގެ އަތޮޅުތަކުގެ ރަށްތަކުގައި ބަލި ފެތުރުމުގެ ބިރުވެރިކަން އިތުރު ވެއްޖެއެވެ.
މިފްކޯ އިން އިއްޔެ ބުނެފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ފެލިވަރު މޮނީޓަރިންގް ހާލަތަށް އިއްޔެ ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން ކުންފުނިން ކަންކަން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ފެލިވަރު ސެންޓަރުގައި މުވައްޒަފުންގެ ހާލަތު ދެނެގަތުމަށް އެޗްޕީއޭގެ ޓީމަކުން ވަނީ ފެލިވަރަށް ގޮސް 104 މުވައްޒަފުންގެ ސާމްޕަލް ނަގާފައި ކަމަށް ވެސް މިފްކޯ އިން ބުނެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ސާމްޕަލްތަކުގެ ތެރެއިން 63 ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭ އިން އިއްޔެ ވަނީ، 1 މާރިޗް 2021 ގެ ފަހުން ޅ. ފެލިވަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ ހެލްތު ސެންޓަރަށް އެންގެވުމަށް އެދިފައެވެ. އަދި ސާމްޕަލް ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.
ފެލިވަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ ޅ. ނައިފަރުން ބަޔަކު އެރަށަށް ދަތުރުކޮށްފައިވާތީ އެވެ. ޅ. ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ، 10 މާރިޗް 2021 ގެ ފަހުން ޅ. ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެކަން އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު