ކ. ހުރާ ސިއްޙީ މަރުކަޒު
ކ. ހުރާ ސިއްޙީ މަރުކަޒު
ކ. ހުރާ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 90 އަށް އަރައިފިއެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް އެރަށުން މާލެ ދިޔަ 72 އަހަރުގެ ފިރިހެނެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ދާއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 304 މީހެއް ވަނީ ފާހަގަކުރެވިފައެވެ.

ހުރާ ސިއްޙީ މަރުކަޒުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އެރަށުން މިހާތަނަށް 90 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް އެރަށުން 24 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިހާތަނަށް 449 މީހުންގެ ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބޭ 70 ސާމްޕަލް އެބަ އޮތްކަމަށް ހުރާ ސިއްޙީ މަރުކަޒުން މަޢuލޫމާތު ދެއްވާފައިވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23،524 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން