ޅ. ނައިފަރު
ޅ. ނައިފަރު
ޅ. ނައިފަރުން މިއަދު 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ޅ. ނައިފަރު ހޮސްޕިޓަލުން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެ ރަށުން މިއަދު ވަނީ 17 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެރަށު ފަޅުގައިއޮތް "ލޭނާރު" ނަމަކަށް ކިޔާ ދޯންޏަކުން 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ދޯނިވެސް މީހާރު ވަނީ ކަރަންޓީނަށް ލައިފައެވެ. ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާ އެދޯނިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ގެއަށް ބަދަލު ކޮށްފައިވާއިރު، އެކަކު ކަރަންޓްވީން ވާނެ ތަކެއް ނުލިބުމުން މި ވަގުތު ވަނީ ކައުންސިލްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކޮށްފައެވެ.

ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންވެސް ތިބީ އެރަށުގައެވެ. އެކަކު ވަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ. ނައިފަރުން މިހާތަނަށް ވަނީ ރެންޑަމްކޮށް 1022 ސާމްޕަލެއް ނަގާފައެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އުނގޫފާރަށް ދަތުރުކުރި މީހެކެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23،524 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން