ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ކޯވިޑް-19 ވެކްސިން ޖެހުމުގެ ޙަރަކާތުގެ ތެރެއިން
ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒަށްފަހު ކަރަންޓީނު ވުމަކާއި ނުލާ ދަތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަބުރޫކު ވިދާޅުވީ ކޯވިޑް-19 އިން ދިފާއު ވުމަށްދޭ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުންވެސް އެފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރަމުންދާކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބްރޫކް މިއަދު ވިދާޅުވީ، އެތެރެއާއި ބޭރުގެ ދަތުރުތައް ކުރުމުގައި ދެވަނަ ޑޯޒް ޖަހާފައިވާ މީހުންނަށް ލުއިތަކެއް ދިނުމަށް ގިނަ ގައުމުތަކުން މިވަގުތު މަޝްވަރާ ކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގައި މިހާރު ކުރެވެމުންދާ މަޝްވަރާތައް ވަކި ގޮތަކަށް ނިމުމުން އެކަން ހާމަ ކުރަށްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، އަންނަ ހޮނިހިރުދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ދެ ޑޯޒް ޖެހުމުން ކޮވިޑް ޖައްސާ ކޮރޯނާ ވައިރަހުން ޖެހޭ ރޯގާ ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން