ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ޖެހިގެން ނިޔާވި މީހެއް ވަޅުލަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު 12:27 ހާއިރު އައިޖީއެމްއެޗަށް ހަބަރު ހުސްވެގެން ގެނައި އުމުރުން 66 އަހަރުގެ ފިރިހެނަކު މަރުވެފައިވާކަމަށެވެ. އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 67 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑްގެ ތިންވަނަ ރާޅާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އާއި ކައިރީގައި ގިނަ ދުވަސްތަކަކު ހުރުމަށް ފަހު ހުސްވި ހަފުތާގައި ވަނީ ކުޑަކޮށް ދަށަށް ދާން ފަށާފައެވެ، އެގޮތުން އިއްޔެ ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފައެވެ.

ކޮވިޑްގައި މިއަދު މީހަކު ނިޔާވި ނަމަވެސް ކޮވިޑް ދިފާޢު ކެމްޕޭން ގެ ދަށުން ގިނަ ބަޔަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާތީ އެކަމުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދު މާ ދަށަށް ނުދިޔަ ނަމަވެސް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް އެފަރާތްތަކުން ހާމަ ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން