ނައިފަރު
ނައިފަރު
ޅ. ނައިފަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 99 އަށް އަރައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ނައިފަރުން ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް އެއް ފެނުނު ފަހުން މިއަދާ ހަމައަށް އެރަށުން ވަނީ 99 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ރ. އުނގޫފާރަށް ދަތުރުކުރި މީހެކެވެ. ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންވެސް ތިބީ އެރަށުގައެވެ. އެކަކު ވަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ.

ނައިފަރުން މިހާތަނަށް ވަނީ ރެންޑަމްކޮށް 1311 ސާމްޕަލެއް ނަގާފައެވެ. އޭގެތެރެއިން 379 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. އެޗްޕީއޭއިން މިހާރު ވަނީ ނައިފަރުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ވެސް އިޢުލާނު ކޮށްފައެވެ. ނައިފަރުން ޕޮޒިޓިވް ވެފައިވަނީ 89 ދިވެހިންނާއި، 10 ބިދޭސީންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24،079 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން