ކ.ހުރާ
ކ.ހުރާ
ކ. ހުރާ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 104 އަށް އަރައިފިއެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް މިމަހުގެ 22 ވަނަ ދުވަހު އެރަށުން މާލެ ދިޔަ 72 އަހަރުގެ ފިރިހެނެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެޗްޕީއޭއިން މިހާރު ވަނީ ހުރާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ވެސް އިޢުލާނު ކޮށްފައެވެ.

ހުރާ ސިއްޙީ މަރުކަޒުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އެރަށުން މިހާތަނަށް 110 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް އެރަށުން 10 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިހާތަނަށް 515 މީހުންގެ ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބޭ 122 ސާމްޕަލް އެބަ އޮތްކަމަށް ހުރާ ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވެއެވެ. ހުރާއިން މިވަގުތު ޕޮޒިޓިވް ވެފައިތިބީ 91 ދިވެހިންނާއި، 19 ބިދޭސީންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24،079 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން