ޅ. ފެލިވަރު
ޅ. ފެލިވަރު
މިފްކޯގެ މަސައްކަތްތައް ކުރިއަށްދާ ޅ. ފެލިވަރުން މިހާތަނަށް ކޯވިޑް-19އަށް 150 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީިއިން ބުނީ މިވަގުތު ރަށްރަށުން ފާހަގަކުރެވިފައިވާ ކްލަސްޓަރތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފެލިވަރު ކްލަސްޓާއިން ކަމަށެވެ.

ކޯވިޑްގެ ފުރަތަމަ ކޭސް ފެލިވަރުން ފެނުނީ މިމަހުގެ 24 ވަނަދުވަހުއެވެ. އޭގެފަހުން ފާއިތުވީ މުއްދަތުގައި އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 150 އަށް އަރާފައެވެ. އަދި ފެލިވަރުން ފެނުނު ކޭސްތަކާއި ގުޅިގެން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ފެލިވަރުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 84 ބިދޭސީންނާއި، 66 ދިވެހިންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24،079 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން