އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ކައުންސިލް
ޔޫޓިލިޓީ މަސައްކަތްތައް ބޭރުގެ ކުންފުނިތަކަށް ދިނުމަށް ޤާނޫނު ހުއްދަ ނުކުރާ ކަމަށް ސައިރިކްސް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ކުރިން ހަދަންޖެހޭ ސަރވޭ ހަދަން އިންޑިއާގެ ޓީމެއް އައްޑޫއަށް ފޮނުވާފައިވާތީ އެކަމާ ގުޅިގެން އަޙްމަދު ޝަރީފް ވިދާޅުވީ، އައްޑޫގައި ސަރވޭ ކުރުމަށް ބޭރުގެ ޓީމަކުން ޙަރަކާތްތެރިވާއިރު ރާއްޖޭގައި ސަރވޭ ކުރުމާއިބެހޭ އޮފީސްތައް ހުޅުވައިގެން ތިބި ދިވެހިންނަށް ހަމަ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން މި ސަރުކާރުން އެކުލަވާލި ޕޮލިސީގައިވެސް ސަރވޭ ހެދުމަށް ބޭރުގެ ބަޔަކާ ހަވާލުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓްސް، އެފްޑީއައި ހިންގޭނީ ވަކި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހީކުރީ ލާމަރުކަޒު ކުރީމަ އެރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާނީ އެ ރަށެއްގެ ބައެއްކަމަށް. ފޮރިން އިންވެސްޓްމަންޓް ޤާނޫނު ހުއްދަ ނުކުރޭ ރާއްޖޭގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމަށް ބޭރުގެ ކުންފުނިތަކަށް ދިނުމަށް." ޝަރީފް ވިދާޅުވިއެވެ.

އަދި މިއީ ދިވެހިން ބާކީވާ ހިސާބު ކަމަށް ޝަރީފް ވިދާޅުވިއެވެ.



ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫޢުތައް ބޭރުގެ ކުންފުނި ތަކަށް ދޭތީ ރާއްޖޭގެ ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިސަރުކާރުން އިންޑިއާގެ ހިލޭ އެހީއާއި ލޯނު އެހީގައި އަތޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންދާއިރު އެމަސައްކަތްތައް ހަވާލު ކުރަނީ ވެސް އިންޑިއާގެ ކުންފުނިތަކާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން