އަހުމަދު ޝާހް   1 އޭޕްރީލު 2021 - 19:27
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ކޯވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރަށްވައި ދެންމެ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެންގުމުގައި ބުނެފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރި ކުރުން ބާތިލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، އެޗްޕީއޭ އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވައިލުމާއި، ދުވުމަށް ޚާއްޞަ ކޮށް ފައިވާ ޓްރެކްތައް ހުޅުވައިލުން ހިމެނެއެވެ.

އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުޅުވައިލުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުންވެސް ހިމަނާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން