އަހުމަދު ޝާހް   1 އޭޕްރީލު 2021 - 20:24
ޅ. ނައިފަރު
ޅ. ނައިފަރު
ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެނި މުޅި ފާދިއްޕޮޅު ކޮވިޑް ބަލީގެ ޝިކާރައަކަށް ވެއްޖެއެވެ.

މީހުން ދިރިއުޅޭ ހަތަރު ރަށް އޮންނަ ފާދިއްޕޮޅުން އެންމެ ފަހުން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ އެއަތޮޅު ކުރެންދޫންނެވެ. އެގޮތުން ކުރެންދޫން ދެމީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ކުރެންދޫން ކޮވިޑަށް ޕޮޒިޓިވްވި ދެމީހުންނަކީ ނައިފަރު ކްލަސްޓާއާއި ގުޅުން ހުރި ދެމީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ފާދިއްޕޮޅު ހިންނަވަރާއި ނައިފަރާއި އޮޅުވެލިފުށިން ކޮވިޑް ފެނި އެތިން ރަށް މިހާރު ވެސް އޮތީ މޮނިޓަރިންގައެވެ. އަދި ޅ. ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވެސް އޮތީ މޮނިޓަރިން ގައެވެ. ފެލިވަރުން އެކަނިވެސް 150 މީހުން ޕޮޒިޓިވްވެފައިވެއެވެ. ނައިފަރުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވެސް މިހާރުވަނީ 99 އަށް އަރާފައެވެ. އަދި ޅ. ހިންނަވަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، އޮޅުވެލިފުށިންވެސް ބާރަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިހާރު ވަނީ ނައިފަރުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ކާފިއު ވެސް އިޢުލާނު ކޮށްފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 24،079 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން