ކޮވިޑުން ދިފާއުވުމުން ފައިޒާ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން މާލޭގައި ދޭން ފަށައިފިއެވެ.
އެޗްޕީއޭ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކޯވެކްސް ފެސިލިޓީގެ ދަށުން ދިވެހި ރާއްޖެއަށް ކޯވިޑް-19 ގެ 5500 ޑޯޒްގެ ފައިޒަރ ވެކްސިން މިހާރުވަނީ ލިބިފައި ކަމަށެވެ. މި ވެކްސިނަކީ ފިނިހޫނުމިން 70- ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުންނާއި، ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މި ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތަފާތު ބަލި ޙާލަތްތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގައި ކަމަށާއި، އަދި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭ ވަރަށް ބަލައިގެން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު