ކ. ދިއްފުށިން އިތުރު 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 80 އަށް އަރައިފިއެވެ.
ދިއްފުށިން އެންމެ ފުރަތަމަ ބަލި ފެނުނީ، މާރޗް 23 ވަނަ ދުވަހު އުނގޫފާރަށް ބޭސް ފަރުވާއަށް ދިޔަ މީހެއްގެ ގައިންނެވެ. އެ ކޭސްއާއި ގުޅިގެން އޭނާ ކަރަންޓީންކޮށް އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން އެރަށުގައި ކޮމިއުނިޓީ ސުޕްރެޑެއް އޮތްކަން ވަނީ ފާހަގަ ވެފައެވެ.
އެދުވަހުން ފެށިގެން ދިއްފުށި ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސް މީހުން އަރައި ފޭބުން މަނާކޮށްފައެވެ. ދިއްފުށީ ހެލްތް ސެންޓަރުން ބުނީ އެރަށުން މިހާތަނަށް 557 ސާމްޕަލް ނަގާފައިވާ ކަމަށާއި، އަދި މިހާރުވެސް ނަތީޖާ ނުލިބޭ 170 ސާމްޕަލް އެބަހުރި ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24،079 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު