ޅ. ކުރެންދޫއާއި ށ. މަރޮށި މޮނިޓަރިން ޙާލަތަށް ގެންގޮސް އެ ދެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
މަރޮށި މޮނިޓަރިން ހާލަތަށް ގެނައީ، ޅ. ނައިފަރުން އެރަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެރަށުން ޕޮޒިޓިވްވި މީހާ ހުރީ ނައިފަރު މޮނީޓަރިން ހާލަތައް ގެނައުމާއެކު މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަރަންޓީންގައެވެ. އެ ކޭސްއާއި ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކުރެންދޫންވެސް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނައިފަރު ކްލަސްޓަރ އާއި ގުޅުންހުރި ތިން މީހުންނެވެ. އެރަށުން މިހާތަނަށް 52 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާއިރު، އެރަށުގައިވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އަތޮޅު ތެރޭގެ ރަށްތަކުގައި ކޯވިޑް-19 ބާރަށް ފެތުރެމުން ދިއުމާގުޅިގެން މިހާރުވެސް 17 ރަށެއް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 24،079 އެވެ.

ކިޔުންތެރިންގެ ހިޔާލު